މާލޭ ސަރަޙައްދުގެ ބޯހިމެނުމުގެ މުއްދަތު މިމަހުގެ 27 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގެ ލިސްޓިންގ ނުނިމިހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިންގ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލް މަޢުލޫމާތު ނެގުން މިމަހުގެ 27 ގެ ނިޔަލަށް މި ބްލޮކްތަކުގައި ކުރިއަށްގެންދެވޭނެކަމަށް އެ ބިއުރޯގެ ބަޔާނުގައިވެއެވެ.

"މިގޮތަށް ދިމާވީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުގެ ސަބަބުންނެވެ." ބަޔާނުގައި ބުނެފައިވެއެވެ.



ބޯހިމެނުމުގެ މަަޢުލޫމާތު އެއްކުރާ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 19:00 އަށެވެ. ހުކުރުދުވަހު ހެނދުނު 9:00 އިން 11.00 އަށް އަދި 14.30 އިން 19.00 އަށް ޓީމްތަކުން މަސައްކަތްކުރާނެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ރޭގަނޑު ވަގުތު ހަރަކާތްތެރިވާނެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ލިސްޓިންގ ނިމުމުން މީހުންގެ އަދި މަސައްކަތް ހިންގާތަންތަނުގެ ތަފްސީލް މައުލޫމާތުނެގުމަށް ދެވަނަފަހަރަށް ޒިޔާރަތްކުރާނެ ކަމަށެވެ.

ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބިދޭސީންގެ މަޢުލޫމާތު އެއްކުރެވެއެވެ. މިއީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގޭ ތަފާސްހިސާބުގެ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން