ގދ.ވާދޫގައި ސަރުކާރުން ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ވާދޫ ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލުކުރައްވާފައިވާ މަސައްކަތެކެވެ. އެމް.ޑަބްލިއު.އެސް.ސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ އެންމެހައި މަސައްކަތެއް ކުރާނީ ފެނަކައިންނެވެ.
ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި، އެމް.ޑަބްލިއު.އެސް.ސީ ގެ ޗެއަރމަން އަޙްމަދު މައުސޫމާއި، އެމް.ޑަބްލިއު.އެސް.ސީ ގެ ޑީ.އެމް.ޑީ މުޙައްމަދު ޝަރީފާއި، ވާދޫ ކައުންސިލް ނައިބުރައީސް ހާޝިރު މުޙައްމަދާއި ވާދޫ ކައުންސިލްގެ އެސް.ޖީ މުޙައްމަދު އިބްރާހީމް ދީދީ އެވެ.
މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމޭއިރު ފެނާއި ނަރުދަމާ ނާޅާ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު