އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހިޓާޗީ ފުރިޖަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، ހިޓާޗީ ފްރިޖް ޕްރޮމޯ ކުރިޔަށްދާނީ 25 ސެޕްޓެމްބަރުން ފެށިގެން 5 ނޮވެމްބަރ 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކަމަށެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ލިބޭނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާންމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި ކަމަށެވެ. އަދި ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގެ ކޫޕަން ދޫކުރަން ހަމަޖެހިފައިވަނީ، ޑިޖިޓަލް ކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން