އަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ މުނާސަބަތުގައި ޓްވިޓަރ މެދުވެރިކޮށް އާއްމުކުރެއްވި މެސެޖެއްގައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަންކަމަށެވެ. އަދި އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ހޯމް މިނިސްޓަރ ވިދާޅުވީ އަހިންސަ މުޖްތަމައެއް އުފެއްދޭނީ މުޖްތަމައުގެ ހުރިހާ ފަރުދުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންކަމަށާއި އަހިންސައަށް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީގޮތުން އަހިންސަ މުޖްތަމައުއެއް ޤާއިމްކުރުމަށްޓަކައި ދޭދޭ ގުޅުންތަކާއި މުޖްތަމައުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ހަމަނުޖެހުން އުފައްދައިގެން ނޫންކަމަށެވެ،

އަދި ނޮން ވައިލެންސް ދުވަސް ފާހަގަކުރަނީ އެ ސަބަބަށްޓަކައިކަމަށާއި އަހިންސަ މުޖްތަމައުއެއް ޤާއިމްކުރުމަށްޓަކައި ރާއްޖެއަކީވެސް މުހިއްމު ދައުރެއް އަދާކުރެވޭނެ ބައެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން