ގުދުރަތީ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ، ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ގުދުރަތީ ދިރުންތަކުގެމަތިން ހަނދާންކުރަން ޖެހޭ ކަމަށާއި ގަސްގަހާގެހި، މަސްމަހާމެހި، ދޫނި ސޫފާސޫފިފަދަ މި ކައުނުގައިވާ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރެ "އަނެއް ގޮތް" ހޯދަން ޖެހޭކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ މަގުގައި ހުރި ދުވަސްވީ ހިޔާދޭ ބޮޑެތި ގަސްތައް ނަގާ މައްސަލައާއި ގުޅުވައިގެނެވެ.
މި މައްސަލާގައި ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ އެކަން ވެސް ކުރައްވާނެކަމަށް ވިދާޅުވުމަށްފަހު އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރުވަނީ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައެވެ. ބެލެވޭގޮތުގައި ރައީސް ނަޝީދު މިއަދު އެހެން ވިދާޅުވެފައި އެވަނީ، ކޯޓަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކާ ވެސް ގުޅިގެން ނެވެ.
އަމީނީމަގުން ގަސް ކަނޑާ މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، ގަސްތައް ބަހައްޓައިގެން މަގު ހެދެން ނެތްކަމަށެވެ. އަދި އެ ގަސްތަކުގެ ބަދަލުގައި އެހެން ގަސް އިންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު