ގޮތް ނޭނގޭ މަރުތައް ގިނަވަމުންދާ މައްސަލާގައި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފިއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މުހައްމަދު އަޒްހާން ގެއްލިފައިވަނިކޮށް އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ފުރާނަ ނެތް މަސްގަނޑު 14 ދުވަސްފަހުން، އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލާގެ ސްކޭޓް ޕާކު ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށްވާއިރު، އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޭނާ ނިޔާވިތާ ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށް ކުއްލި މައްސަލާގައިވެއެވެ. އެހެންކަމުން އަޒްހާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގޮތްނޭންގޭ މަރުތައް އިތުރުވަމުންދާއިރު، މިކަންކަމާއި ގުޅޭ އެކަށޭނެ މައުލޫމާތު އާންމު ނުކުރާތީއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމާގުޅުންހުރި އިދާރާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ހަރުދަނާ ކުރަންޖެހޭކަމަށް ގަބޫލުކުރާ ކަމަށް މައްސަލާގައިވެއެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގެ ތަޙުޤީޤުގެ ދުވެލި ހަލުވި ކުރުމަށްޓަކައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި، މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް މިންވަރު ބެލުމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
މި މައްސަލަ ބަލައިގަތުމަށް 25 މެންބަރުން ވޯޓު ދީފައިވެއެވެ. އަދި މި މައްސަލަ ބަލައި ނުގަތުމަށް 11 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު