އެމްއާރުއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ނާދިރާ (ވ) ރައީސް ނަޝީދާއެކު
އެމްއާރުއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ނާދިރާ (ވ) ރައީސް ނަޝީދާއެކު
ވެންޓިލޭޓަރަށްލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ވެރިކަން ބޭނުންވާ ބޭފުޅުން ކޯލިޝަންގައި އެބަތިއްބެވި ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ރައްދުވާ ގޮތަށް ވާހަކަ ދެއްކެވި ބިލެތްދޫ ދާއިރާގެ މެންބަރަށް އެމްއާރުއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ނާދިރާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަމަށް އާދެވުނީ ވެންޓިލޭޓަރުގެ ހޮޅި އަގަޔަށް ގުޅައިގެން ކަމަށެވެ. އެދުވަހު ވެންޓިލޭޓަރުގެ ހޮޅި އަގަޔަށް ގުޅަން ލޮލުން ބޮލުން ތިބީ އެދިގެން ކަމަށް ނާދިރާ ވިދާޅުވިއެވެ.

"މުސްކުޅި ސާރިދޯޅޭ ކީ ބަޔަކު ވެރިކަމަށް އިންތިޚާބު ނުވެ، ތިޔަބުނާ ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅައިގެން ވެރިކަމަށް އާދެވުނީ. އެދުވަހު ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅަން ތިބީ ލޮލުން ބޮލުުން އެދިގެން." ރައީސް މައުމޫންގެ ތާއިދާއެކު ކޯލިޝަން ސަރުކާރު ވެރިކަމަށް އައި ގޮތުގެ ހަނދާން އާކޮށްދެއްވަމުން ނާދިރާ ވިދާޅުވިއެވެ.

ވެންޓިލޭރަށްލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ވެރިކަން ބޭނުންފުޅުވާ ބޭފުޅުން އެބަ ތިއްބެވި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކޯލިޝަން ބައިވެރިންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ފާޑުވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

"ވެންޓިލޭޓަރުގައި އޮތަސް ޕާޓީއެއް ހައްދަވައިގެން ލީޑަރުކަން ކުރައްވަން އުޅުއްވާ ބޭފުޅުން (ވަހީދާ އެއްކޮޅަށް) ބަޔާން ނެރުއްވާފައި އެބަހުރި. އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ލީޑަރު މިހާރު ވެސް އޮންނަވާނީ ވެންޓިލޭޓަރުގައި ހެން، އެއީ ވެރިކަން ބޭނުންވެގެން މި އުޅޭ ބޭފުޅުން." ރައީސް ވަހީދުގެ ދިފާއުގައި ބަޔާން ނެރުއްވި ސަރުކާރު ކޯލިޝަން ދެ ބައިވެރިން ކަމަށްވާ ކުރީގެ ރައީސް މައުމޫނާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަން ވިދާޅުނުވެ އެ ދެބޭފުޅުންނަށް ރައްދުވާގޮތަށް ހަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން