ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސް ޕްލާންޓުންވެސް މިހާރު ޚިދުމަތް ލިބޭނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާ ގުޅިގެން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ ފ. ފީއަލި އައިސް ޕްލާންޓުން މިދިޔަ އާދިއްތަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. އެ އައިސް ޕްލާންޓަކީ 6 މަސް ވަންދެން ޚިދުމަތް ނުދީ ހުރިތަނެއްކަން ސަޢީދު ފާހަގަކުރެއްވިއެވެ. ސަޢީދު ވިދާޅުވީ ފީއަލީ އައިސް ޕްލާންޓުގެ ޚިދުމަތް ފެށުމާއެކު ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސް ޕްލާންޓުންވެސް މިހާރު ޚިދުމަތް ލިބޭނެކަމަށެވެ.
ފެނަކައިގެ އައިސް ޕްލާންޓްތަކުން 24 ގަޑިއިރު ގެންދަނީ ޚިދުމަތް ދެމުންނެވެ. އަދި "ފެނަކަ އައިސް" އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ދުރާލާ އައިސް ހޯދޭނެ އިންތިޒާމު ފެނަކައިންވަނީ ހަމަޖައްސައިދީފައެވެ.
ފެނަކަ އެޕުން އައިސްއަށް ޕްރީއޯޑަރު ކުރުމުން އޯޑަރު ކުރި އަދަދާއި ޖުމްލަ އަގާއެކު ކޮންފަރމޭޝަން މެސެޖެއް ލިބޭނެއެވެ. އަދި ކުރީގެ އޯޑަރުތަކުގެ ތަފްސީލުވެސް އެ ޕޯޓަލްއިން ބަލާލެވޭނެކަމަށް ފެނަކައިން ބުނެއެވެ.
މި ހިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަގީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. އަދި ޔަގީންކަމެއްނެތި އައިސް ހޯދަން ކިއުގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ފެނަކައިގެ އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގައެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫއެވެ.

ކިޔުންތެރިންގެ ހިޔާލު