ފަނޑިޔާރުކަމުގެ އަސާސީ ޝަރުޠުގެ ގޮތުގައި ފުރަތަމަ ޑިގްރީއެއް އޮންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ހުށައަޅުއްވައިފިއެވެ.
ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙުގެ ބަޙުސްގައި މިއަދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަފުޅުގައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވާގޮތަށް މެޖިސްޓްރޭޓެއްގެ އަސާސީ ޝަރުތަކަށް ޑިޕްލޮމާއެއް ޙާސިލްކޮށްފައިވުން ހިމަނާފައި އޮތުމަކީ ބަލައިގަނެވޭނެ އިސްލާހެއް ނޫންކަމަށެވެ.
މެންބަރު އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަކީ މީގެ 12 އަހަރު ކުރިން އަމަލުކުރަން ފެށި ޤާނޫނެއް ކަމަށާއި، އެއީ ތަޢުލީމު ޙާސިލުކުރާ ކުއްޖަކު ސުކޫލު ދައުރު ނިންމާލާނެ މުއްދަތު ކަމަށެވެ. އަދި ޑިޕްލޮމާ ލެވަލް އަކީ ކޮލެޖް ޔުނިވަރސިޓީ މަރުޙަލާގެ ފުރަތަމަ އަހަރުގެ ތަޢުލީމު ކަމަށްވާއިރު ފަނޑިޔާރުންގެ މަޤާމަށް ޑިޕްލޮމާ އަކީ އެކަށީގެންވާ ތަޢުލީމީ ފެންވަރު ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން މެންބަރު އާދަމް ޝަރީފް ހުށައަޅުއްވާފައިވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ އަސާސީ ޝަރުތަކަށް ފުރަތަމަ ޑިގުރީ ހަމަޖެއްސުމަށް ފެންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މާސްޓާސް ޑިގުރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ހުށައެޅުއްވިއެވެ.
ސަރުކާރުން ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާޙުގެތެރޭގައި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަދި ޑިޕްލޮމާއެއް އޮތް ފަރާތްތަކަށްވުން ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު