ޤާނޫނުން ކަނޑައަޅާފައިވާ އުސޫލުގެތެރެއިން ވިޔަފާރި ކުރުމަށް މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގޮވާލައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ ޢަލީ ނިޔާޒް ވިދާޅުވީ، މާލޭ ސިޓީކައުންސިލުން ގަސްވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މެންބަރު ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނީ އެކަމަށްޓަކައި ނަގަންޖެހޭ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހޯދައިގެން ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެހުއްދަ ހޯދާފައި ނުވާކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހިނގަމުންދާގޮތް ސާފުކުރަށްވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑަށް އިއްޔެ ރަޖިސްޓްރަރ ކައިރިން ސާފުކުރިން. މާލޭ ސިޓީ ކައުންސިލުން އަދި ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައެއް ނެތް. އެހެންވީމާ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގޭ މާލޭ ސިޓީކައުންސިލުން މިހާރު ވިޔަފާރި އެކުރަނީ ކޮން އުސޫލެއްގެ ތެރެއިން ކަމެއް." މެންބަރު ޢަލީ ނިޔާޒް މިއަދު ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރިކުރުމަށް ހުއްދަ ދޫކުރަނީ ކުދި ޢާއްމު ވިޔަފާރިތަކަށް ދަތިނުވާގޮތަށް ކަމަށާއި، ކައުންސިލަކުން ޢާއްމު ވިޔަފާރީގެ ތެރެއަށް ވަދެވޭގޮތަށް އެހުއްދަ ކޮމްޕެނީސް އޮފް ރެޖިސްޓްރަރ ނުދެއްވަވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ "މާލެފެހި” އައުޓްލެޓް މިދިޔަ ހޮނިހިރު ދުވަހު ހުޅުވާފައިވާއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު އެތަނުން ލިބެން ހުރެއެވެ. އަދި މިއާއިއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. މި އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު