މަސްވެރިންގެ ޝަކުވާއަކީ ޕީޕީއެމްގެ ވެރިކަމުގައި ބެޔަސް ނުބެޔަސް ދޭނެކަމަށް ވަޢުދުވި ދިހަހާސް ރުފިޔާ ނުލިބުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑެ ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް ރަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ، ޕީޕީއެމުން އިއްޔެ މަސްމާރުކޭޓު ސަރަޙައްދުގައި "ލޭނާރު"ގެ ނަމުގައި ބޭއްވި އެއްވުމަށް ފާޑުވިދާޅުވެ މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ބޮންޑެ ވިދާޅުވީ ޕީޕީއެމުން އިއްޔެ ހިންގި ހަރަކާތަކީ ވަރަށް ބޯދާ ހަރަކާތެއް ކަމަށެވެ. އެގޮތުން މީގެ ކުރިން އެފަދަ ޙަރަކާތްތަކަށް މަސްވެރިންގެ ތަރުޙީބު ލިބުނު ނަމަވެސް މިހާރު މަސްވެރިން ޑިމޮކްރެޓިކް މާޙައުލަށް މާފަރިތަކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެގޮތުން އިއްޔެވެސް މަސްވެރިން ވަނީ ޕީޕީއެމަށް ފިލާވަޅެއް ދީފައިކަމަށާއި ބެޔަސް ނުބެޔަސް ދޭން ވަޢުދުވި ދިހަހާސް ރުފިޔާ ކޮބައިތޯ މަސްވެރިން ސުވާލުކުރިކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"މަސްމާރުކޭޓު ތެރެއިން ގޮވާ ބެޔަސް ނުބެޔަސް ދޭން ބުނި 10 ހާސް ރުފިޔާ ނުދީ ދޮގު ހަދާފަ ތިބި ބައެކޭ ކިޔާފަ." ބޮންޑޭ މިއަދު ވިދާޅުވިއެވެ.

މަސްވެރިންގެ ޙައްޤުގައި ކަމަށްބުނެ އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން