މާލޭގެ މައްސަލަތައް ޙައްލުނުވަނީ ކައުންސިލުން ޕާޓީފިކުރުގައި ޒުވާބުކުރަން ތިބޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިމޭރުމުން ވިދާޅުވީ ރޭގެ ވަގުތެއްގައި މާލޭ މަޖީދީ މަގުން ކާނުގަނޑެއްގެތެރެއަށް ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެއްޓި ޒަޚަމްވުމާ ގުޅިގެންނެވެ.

އެކުއްޖާ ވެއްޓިފައިވަނީ ހީނާމަގުން ހިނގާފައި ދަނިކޮށް އެތަނުގައި އޮތް ބާ ކާނުގަނޑެއް ބިންދައިގެން ގޮހެވެ. އެ ކުއްޖާގެ ފައި ވަރަށް ބޮޑަށް ޒަހަމުވެގެން އޭޑީކޭއަށް ގެންގޮސް ފަރުވާދީފައި ވެއެވެ.

އެކަމާ ގުޅިގެން މޫސާ މަނިކު ވިދާޅުވީ މާލޭގެ އެތައްބައިވަރު މަގަކާއި ގޯޅިއެއް އެޙާލުގައި އެބަހުރި ކަމަށެވެ. އޭގެ އިތުރުން ކޮންމެ ދާއިރާއެއްގައި ކައުންސިލަރެއް ހުންނައިރު އެމައްސަލަތައް ޙައްލު ނުކުރެވެނީ ސިޔާސީ މަސައްކަތުގައި ކައުންސިލަރުން އުޅުއްވާތީ ކަމަށް މޫސަ ވިދާޅުވިއެވެ.

“ކޮންމެ ދާއިރާއަކަށް ކައުންސިލަރަކު ހުންނައިރު ދާއިރާގަހުރި މައްސަލަތައް ޙައްލުުކުރުމަށް ރައްޔަތުންގާތު އަހައި އޮޅުންފިލުވާނަމަ ކަންކަން ޙައްލުވާނެ. ކައުންސިލުން އަރުވާޖަހާފަ ނުކުމެ ޕާޓީފިކުރުގަ ޒުވާބުކުރަން ތިބޭތީ ވާގޮތްތީ.” މޫސަ ވިދާޅުވިއެވެ.



އެކަމާގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މިކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިތާ ގަޑިއިރެއްގެ ތެރޭގައި ކާނުގަނޑު ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެފަދަ ކަމެއް ހިނގީތީ ހިތާމަ ކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން