ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވެލާނާ އެއަރޕޯރޓް ތައްޔާރުވެފައިވަ ކަމަށް އެއަރޕޯރޓް ކުނފުނިން ވަނީ ބުނެފައި
ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވެލާނާ އެއަރޕޯރޓް ތައްޔާރުވެފައިވަ ކަމަށް އެއަރޕޯރޓް ކުނފުނިން ވަނީ ބުނެފައި
މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މަޖިލީހުން ލަފާދީފައި ވަނީ، ކޯވިޑް-19 ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އައި ފީއެއް ނުވަތަ ޓެކުހެއްގެ އިތުރުން، އިތުރު އެއްވެސް ފީއެއް ނުވަތަ ޓެކުހެއް ނުނެގުމަށެވެ. އަދި ކަރަންޓީނު ނުވެ، ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަޖިލީހުން ވަނީ ލަފާދީފައެވެ.

މި ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީ އަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙާއްމަދު ނަޝީދު ހިއްސާ ކުރައްވާފައިވާ ހިޔާލުތައް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުންގެ ރިޕޯޓާއެކު އެއް ކަރުދާސްކޮށްފައި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ރައީސް ޞާލިޙަށް އަރުވާފައި ވާއިރު، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ފުރަތަމަ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ވަނީ ސޭފް ޓޫރިޒަމް ގައިޑްލައިންގެ ކަރުދާސް ރައީސް ސޯލިހަށް އަރުވާފައެވެ.

އަދި ދެން އަންނަ ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ބައްދަލުވުމުގައި ސޭފް ޓޫރިޒަމް ގައިޑްލައިނާ ބެހޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން