ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފުން ރިސްކު ނުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނަށް އިޝާރާތް ކުރަށްވައި، ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ "މަޖިލީހުގެ މުވައްޒަފުން ރިސްކް ނުކުރުމަށް އިލްތިމާސް ކުރައްވާ" ފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެތަނުގެ މެއިންޓަނެންސް ބައިގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ އާއި ކޮންޓެކްޓްވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު ވަނީ ފަށާފައެވެ.

މަޖިލީހުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މަޖިލިސް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނަސް ބަންދުކޮށްފައެވެ. އެންއީއޯސީ، ޓާސްފޯސްގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ މަޖިލިސް ބަންދުކުރީ ޑިސްއިންފެކްޓް ކުރުމަށް ކަމަށާއި، ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ އިދާރާ ހުޅުވާލާނެ ކަމަށެވެ.

މުޅި މަޖިލީހުގެ އިދާރާގައި 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެމްބަރުން ހާޒިރުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން