މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށް އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓުން ބުނެފިއެވެ.
ޔުއޭއީއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރަށްވަމުން ގެންދަވާ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިއްޔެ ވަނީ އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ، ސާއިފް އަލް ސުވައިދީ ވަނީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަހެއްނުވެ ފަށައިގަނެވޭނޭ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތަކަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފަރަށް ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.

Met with the Director General of the Abu Dhabi Fund for Development #ADFD Mohammed Saif Al Suwaidi, in Dubai.
— Abdulla Shahid (@abdulla_shahid) October 15, 2022
We had a constructive discussion.
Was assured of early commencement of phase 2 of Maafaru Airport Development Project.
Thanked him for ongoing development cooperation. pic.twitter.com/SzLI3uOhTU
މި އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފަރަށް ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު