އެސްޓީއޯ "ހެއްޔާ މަކިޓާ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިޕްރޮމޯޝަން ކުރިއަށް ދާނީ މަކިޓާ ޝޯވ ރޫމްގައި ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ހަމައެއާއެކު އެއް މަސް ދުވަހުގެ މުއްދަތަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި ދައްކާލުމަށް، ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމަށް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ.



މިމުބާރާތުގެ މަޤްސަދަކީ ވަޑާން މަސައްކަތުގެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލެވޭނެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށަހަޅަން ޖެހެއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް ފަންސާސްހާސް ރުފިޔާގެ މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ވަނީ ހުށައަޅާފައެވެ. ދެވަނަ އިނާމަކަށް ތިރީސްހާސް ރުފިޔާގެ މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބޭއިރު، 3 ވަނަ އިނާމްއަކަށް ފަނަރަހާސް ރުފިޔާގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން