ޓެކުހުގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާޙު ފާސްކުރުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފިއެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ނިންމައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިފާއުއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ސަރުކާރުން ހުށައެޅި ގޮތަށް އެ ބިލު ފާސްކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައެވެ.
ދަޢުލަތުގެ މާލީ އިދާރާއިން ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން މާލީ ވަޒީރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޓެކްސް ބޮޑުކުރާ މައްސަލާގައި އާންމު ރައްޔިތުންގެ ހުރި ހިތްހަމަނުޖެހުންތަކާ ގުޅިގެން މާލީ ވުޒާރާއިން ބުނެފައިވަނީ ރައްޔިތުންގެ ހިތްހަމަނުޖެހުން ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ދަޢުލަތުގެ ޚަރަދުތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ އެކަމުގެ ހިތްހަމަނުޖެހުންވެސް ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ޚަރަދުތައް ފޫނުބެއްދި، ދެކޮޅުނުޖެހި ޚަރަދުތައް ކޮންޓްރެކްޓް ކުރުމުގެ އަސަރުވެސް ކުރަނީ ރައްޔިތުންނަށް ކަމަށް މާލީވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު އާންމު ރައްޔިތެއްގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާނީ އިތުރު އޮޕްޝަނެއް ނެތުމުން ކަމަށާއި މިކަމުގައި އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ކަންބޮޑުވުމަކީ ނޯޓިހުގެ މުއްދަތު ކުރުވުން ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑުޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.
ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު