މިއަހަރު ނިމުމުގެ ކުރިން 9 ރަށަކަށް އިންޑޯޖިމްގެ ސާމާނު ފޯރުކޮށްދޭނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބްރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ރާއްޖޭގެ މާޙައުލަށް އައުޓްޑޯ ޖިމް ކަމުނުދާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ލޮނުގެ އަސަރުކޮށް ފަސޭހައިން ދަބަރުޖަހައި ބެލެހެއްޓުމަށް ދަތިވުންކަމަށް މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ ރަށްރަށުގައި އިންޑޯ ޖިމްތައް ތަރައްޤީ ކުރުމަށް ކަމަށާއި އެގޮތުން މިއަހަރު ނިމުމުގެ ކުރިން 9 ރަށަކަށް އިންޑޯޖިމްގެ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.
"މަޑުމަޑުން އަޅުގަނޑުމެން އިންޑޯ ޖިމަށްވެސް ބަދަލުކުރަމުން މިދަނީ،" މިނިސްޓަރު މަހްލޫފް މިއަދު ވިދާޅުވި އެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ އަންނައަހަރު އައުޓްޑޯރ ޖިމް ޤާއިމުކުރުމަށް ބަޖެޓް ކޮށްފައިވާ ރަށްރަށުގެ ތެރެއިން އިންޑޯރ ޖިމަށް ބަދަލުކުރުމަށް ބޭނުންވާ ރަށްރަށަށްވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު