އިބްރާހިމް ފަހީމް   23 އޮކްޓޯބަރު 2022 - 22:15
ޗާގޮސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ރާއްޖެއާ މޮރިޝަސްއާ ގުޅޭ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ހޫނު ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، 12 މާރިޗު 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރެވުނު ކަމަށާއި އޭގައިވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން ކަމަށެވެ.

ނަމަވެސް، 2020 ވަނަ އަހަރާ ހަމައަށްވެސް އެ ކޮމިއުނިކޭ ތަންފީޒު ނުކުރުމުން މޮރިޝަސްއިން ކޯޓަށް ދިޔައީ ކަމަށެވެ. އަދި ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"މިހާރު މި ވާގޮތުން، ބައުންޑްރީ ކޮމިޝަންއިން އިކުއިޑިސްޓެންސްކޮށް ބައުންޑްރީ ކަނޑައެޅުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ." ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ފޯޅަވައްސާއި ގުޅޭގޮތުން މީޑިއާގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ސަރުކާރުން މިއަދު ބުނެފައިވަނީ، ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުން ނިންމާފައިވާ ނިންމުމަށް އދ.ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިންކަނޑައެޅުމާ ގުޅޭ ގޮތުން ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެފައިނުވާކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


2

ރާއްޖެ މީހާ

24-Oct-2022

ޗާކޯސް އެއީ މޮރިސަސް ތަނަކަށް ހަދަނީ ދެވަނަ ބޮޑު ހަގުރާމަ ނިމުނުތަނުން އިގިރޭސިން ޗާކޯސްގަ ތިބި ރައްޔިތުން ބާލައިގެން ގެންދިއައީ މޮރިސަސް އަށް ކަމަށްވާތީ މިހާރު ޗާކޯސްގެ ވަޒަންވެރިންގެ ދަރިން ތިބީ މޮރިސަސްގެ ރައްޔިތުންނަށް ވެފައި އެމީހުން މިހާރު އެތަން ހޯދަން ދުނިޔޭގަ ދައުވާ އެކުރަނީ



ޓްރެންޑިން