އެމްޑީޕީ މިއަދު މިއޮތީ ބަރަހަނާ ވެފައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިހާރު ނ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިރޭ ނ. މިލަދޫގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމްޑީޕީން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ، ރާއްޖެއަށް ޑިމޮކްރަސީ މުހިންމު ކަމުގެ ވާހަކައާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވިގެން ދާނީ ޑިމޮކްރަސީ އޮވެގެން ކަމަށާއި އަދި އެކަން ކުރެވޭނީ އޭރު އޮތް ސަރުކާރު ބަދަލު ކޮށްގެންކަމުގެ ވާހަކަ ކަމަށެވެ.

ނަމަވެސް، އޭރު ރައްޔިތުންނަށް އެގޮތަށް ވިސްނައިދީގެން އެމްޑީޕީން ކީ ވާހަކަތައް މިހާރުވަނީ ހަނދާން ނެތިފައި ކަމަށާއި މިއަދު އެމްޑީޕީގެ ހަގީގީ ސޫރަ ރައްޔިތުންނަށް ފެނިފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ މިލަދޫގެ ލޮބުވެތި ރައްޔިތުންނަށް ކަންކަން ހިނގަމުންދިޔަ ގޮތް އޭރު ދައްކަމުންދިޔަ ވާހަކަތައް ނިއުޅެމުން ނިއުޅެމުން ދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް އެނގެމުންދިޔަލެއް ބޮޑީ. އަދި ހަމައެއާއިއެކީ، ރައީސް މައުމޫންގެ ސަރުކާރު ތެރޭގައިވެސް އިސްލާހް ގެންނަން ބޭނުންވާ މީހުންނާއި އޭގެ ފަހުންވެސް އިސްލާހަށް ލޯބިކުރާ ބަޔަކާއި ގައުމު ދެކެ ލޯބި ކުރާ ބަޔަކު ތިބިކަންވެސް އެނގުނީ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު ގަބޫލުކުރަނީ، މިލަދޫގެ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ހަގީގީ ސޫރަ ފެނިގެން ދިޔައީ. އެހެންވީމަ އެހާކުރިން ހަގީގީ ސޫރަ ފެނިގެން ދިޔައީ. މިއަދު މިއޮތީ ހަގީގީ ސޫރަ ފެންނާކަށް އިތުރަކަށް ހޯދާނެކަމެއް ނެތް. މިއަދު މިއޮތީ ބަރަހަނާވެފައި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީން އޭރު ވަކާލާތުކުރަމުން އައި އެއްވެސް ކަމަކަށް މިހާރު ކެތްކޮށްލާކަށް ނުކެރޭ ކަމަށެވެ.

މިރޭގެ ވާހަކަފުޅުގައި ވެސް ރައީސް ޔާމީން ވަނީ، ސަރުކާރާއި އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން