ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަންއާ ވެސް ޝާހިދު ބައްދަލުކުރައްވާނެެއެވެ. އޭގެއިތުރުން މިނިސްޓަރ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާާނީ ނޮވެންބަރު 04 ވަނަ ދުވަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު