ސިއްހީ ދާއިރާއިން މިއަހަރަށް ބަޖެޓްކުރި ޕީއެސްއައިޕީގެ 21 ޕްރޮޖެކްޓް ނިމިފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ނަސީމްވަނީ ސިއްޙީ ދާއިރާއިން މިއަހަރު ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަދާހަމަތައް ޙިއްސާ ކުރަށްވާފައެވެ.

އެގޮތުން މިނިސްޓަރ ނަސީމް ވިދާޅުވީ މިއަހަރަށް ބަޖެޓްކުރި ޕީއެސްއައިޕީގެ 21 ޕްރޮޖެކްޓް ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު އިތުރު 32 ޕްރޮޖެކްޓް ކުރިއަށްދާކަމަށްވެސް ނަސީމް ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ، ބީއެމްއެލް ފައިނޭސްސިންގެ ދަށުން ކުރިއަށް ގެންދާ 4 ޕްރޮޖެކްޓެއް ޓެންޑަރ މަރުޙަލާގައިވެސް އެބައޮތް ކަމަށެވެ.

ސިއްޙީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދާކަން ފާހަގަކުރަށްވަމުން ނަސީމް ވިދާޅުވީ، ޓެންޑަރ ކުރުމަށް 13 ޕްރޮޖެކްޓެއް ފޮނުވިފައިވާކަމަށެވެ. އަދި މިވަގުތު 12 ޕްރޮޖެކްޓެއްގެ ޓެންޑަރިންގ ކުރިއަށްދާ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

"ކުވެއިތު ފަންޑުން ޢިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލްތަކުގެ ޢަދަދު 7. ކުވެއިތު ފަންޑުން ޢިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލްތަކުގެ ޢަދަދަކީ 2. ކުވެއިތު ފަންޑުން ޢިމާރާތްކުރާ 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލްތަކުގެ ޢަދަދަކީ 2." މިނިސްޓަރ ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން 4 ހޮސްޕިޓަލް ޢިމާރާތްކުރަމުން ގެންދާ ކަމަށާއި، ޕީއެސްއައިޕީގެ ދަށުންވެސް 4 ހޮސްޕިޓަލް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން