މާފަރު އެއަރޕޯޓުގައި ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ސޮނޭވާ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުން ހަމަޖައްސަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއަރޕޯޓުގައި ޕީސީއާރު ޓެސްޓް ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ރާއްޖޭގައި ލަގްޒަރީ ރިސޯޓުތަކެއް ހިންގަމުން އަންނަ ސޮނޭވާ ގްރޫޕުން ކުރިއަށްގެންދާކަމަށެވެ. އަދި ސިއްޙަތާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބުމުން ޖޫންމަހުގެ 25 ހިސާބުގައި ލެބޯޓަރީގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާނެކަމަށް މާފަރު އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވިއެވެ.
"މާފަރުގައި ސޮނޭވާ ގްރޫޕުގެ ޚަރަދުގައި ޕީސީއާރު ޓެސްޓް ހެދޭނެ ލެބެއް އެބަ ހަދާ. އެތަނުން ހުރިހާ ފަތުރުވެރިން ޓެސްޓްކޮށްގެން ރިސޯޓްތަކަށްދާނީ. އެއީ ސޮނޭވާ ގްރޫޕުން ކޮށްދޭކަމެއް. 25 ވަނަ ދުވަހަށް ލެބް ރެޑީވާނެ." ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ މާފަރުގައި ކޯވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދާނޭ ސަބަބެއްކަމަށެވެ. އެގޮތުން މި ލެބޯޓަރީން ޓެސްޓް ކުރުމުގައި ފަތުރުވެރިންނަށް މަޖުބޫރުކަމެއް ނޯންނާނެ ކަމަށާއި، އަމިއްލައަށް ޓެސްޓް ކުރަން އެދޭ ފަތުރުވެރިންނަށް އެފުރުސަތު އޮންނާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.
ސޮނޭވާ ގްރޫޕުން ރާއްޖޭގައި، ދެ ރިސޯޓެއް ހިންގަމުން އަންނައިރު އޭގެ ތެރޭގައި ހިމެނެނީ ބާ އަތޮޅުގައި ހިންގާ ސޮނޭވާ ފުށްޓާއި، ނޫނު އަތޮޅުގައި ހިންގާ ސޮނޭވާ ޖާ އެވެ. ދުނިޔޭގެ ލީޑިންގ ލަގްޒަރީ ރިސޯޓް އޮޕަރޭޓަރ ގެ ފަރާތުން ސޮނޭވާ އިން އެކުއަރ ޔޮޓް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ސޮނޭވާ ކިރި ރިސޯޓް ހިންގަނީ ތައިލެންޑްގައެވެ.
ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަންނަ ޖުލައި މަހު އަލުން ފެށުމަށް ސަރުކާރުން ތައްޔާރުވަމުން ގެންދާއިރު، މީގެ ކުރިން ސަރުކާރުން އެކުލަވާލި ހަރުކަށި އުސޫލުތަކުގެ ބަދަލުގައި، ވާދަވެރި ވިޔަފާރީގެ އުސޫލެއްގެ ދަށުން ފަތުރުވެރިކަން އަލުން ފެށުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަން އަލުން ފެށުމަށް މިހާރު އެކުލަވާލާފައިވާ ސޭފް ޓޫރިޒަމްގެ އުސޫލުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
މާފަރުގައި ކޯވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. ދުނިޔޭގެ މަތީފަންތީގެ ފަތުރުވެރިންގެ ޕްރައިވެޓް ޖެޓްތައް ޖެއްސޭ ފެންވަރަށް ތަރައްޤީ ކޮށްފައިވާ މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު