ށ. އަތޮޅު ފުނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން މި ޙާދިސާގައި ދޯނީގެ ގެގަނޑު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ދޯނީގައި ހިފި އަލިފާން ނިވާލުމުގައި އެރަށުގެ ޢާއްމުން ވަނީ ޙަރާކާތްތެރިވެފައެވެ.

މިއަދު މެންދުރެއްހާއިރު އެދޯނީގައި ހިފި އަލިފާން މިހާރު ނިވާލާފައިވާއިރު އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އެ ޙާދިސާއަށް އެޓެންޑުވީ ފުލުހުން ކަމަށެވެ.



މިޙާދިސާއާއި ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ރަސްމީބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު