އަންނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވަނީ ރާއްޖޭގެ ދަރަނީގެ ޙާލަތު ރަނގަޅުކުރެވޭނެ ސިޔާސަތެއް ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ މަޢުލޫމާތު މަޖިލީހާއި ޙިއްސާކުރަށްވަމުން އަމީރު މިއަދު ވިދާޅުވީ 2023 ގެ ބަޖެޓުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ފިސްކަލް ސަސްޓޭނެބިލިޓީއާ ދިމާލަށް ދަތުރުކުރުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑް19 އާއި ޔޫކްރޭން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ހުށަހަޅާފައިވާ ސިޔާސަތުތަކަކީ ދަރަނީގެ ނިސްބަތް އިތުރުނުވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ސިޔާސަތުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފިސްކަލް ސަސްޓޭނެބިލިޓީ ގެންނަން މި ހުށައަޅާ ސިޔާސަތުތަކުގެ ތެރެއިން ކުރިއަށްއޮތް ތާނގައި ރައްޔިތުންނަށް އަޅުގަނޑުމެން މި ފޯރުކޮށްދޭ ޚިދުމަތްތަކާއި ޕްރޮޖެކްޓްސްތައް ނުހުއްޓި އެކަމަކުވެސް ދަރަނީގެ ޙާލަތު ރަނގަޅުވެގެންދާނެ ސިޔާސަތުތަކެއް އަޅުގަނޑުމެން މި ހުށައަޅަނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އަންނައަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްސް ހިންގުމަށް 8.4 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 4.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަކީ ފަންޑެޑް ޕްރޮޖެކްޓްސް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ މި މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދު އާ ހަރުފަތަކަށް ގެންދާނެ ޕްރޮޖެކްޓްތައް ކަމަށެވެ. އޭގެތެރޭގައި ތިލަމާލެ ބްރިޖާއި ޕޯޓް ބަދަލުކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ހަނިމާދޫ އެއަރޕޯޓާއި އައްޑޫގަން އެއަރޕޯޓްގެ މަޝްރޫޢު މިނިސްޓަރ މިއަދު ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢުތަކަކީ މިހާރުގެ 6 ބިލިއަން ރުފިޔާގެ އިޤްތިޞާދު އިތުރު 3 ގުނައަށް ފުޅާވެގެންދާނެ މަސައްކަތްތައް." އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު