ރެހެންދި ސްކޫލުގެ ކަރަންޓު ބޯޑުތަކެއްގައި ރޯވި އަލިފާން ނިވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެސްކޫލްގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯރ ގައި ހުރި ކަރަންޓް ބޯޑުގައި ކަމަށެވެ. ރޯވޮ އަލިފާން ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން 07:19 ހާއިރު ވަނީ ނިވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި ކުއްޖަކަށްވެސް އަނިޔާއެއް ނުލިބޭކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ދަރިވަރުން ގެއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ދެނެގަނެ އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން