ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދީ ނޯންނާނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ އެފްއޭއެމުން އެކި ކުންފުނިތަކަށް ފައިސާ ބޮޑެތި އަދަދުތަކެއް ދެއްކުމަށް ކޯޓުތަކުން ޙުކުމް ކުރަމުންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރ މަޙްލޫފް ވިދާޅުވީ އެމަނިކުފާނަށް ކަށަވަރުވާ ކަމަކީ ޔޫތު މިނނިސްޓްރީން އެފްއޭއެމަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނުދީ ނޯންނާނެކަން ކަމަށެވެ.
މަޙްލޫފް ވިދާޅުވީ އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ވަރަށް އަވަހަށް ހައްލުކުރާނެކަމުގެ ޔަގީންކަން އެއެސޯސިއޭޝަނުން ދީފައިވާ ކަމަށެވެ. އަދި އެފްއޭއެމަކީ އަމިއްލަ ދަރަންޏަށް ޒިންމާވާ އެސޯސިއޭޝަނެއްކަމަށް މަޙްލޫފް ވިދާޅުވިއެވެ.
އެފްއޭއެމްގެ ދަރަނީގެ މައްސަލާގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައްބަލައި ކަމާގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށް މަޙްލޫފް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު