ޓެކްސް ބިލަށް ވޯޓަށް އަހަންވެފައި ވަނިކޮށް ކޯރަމް ނެތްކަމަށް ބުނެ ރިޔާސަތުން މަޖިލީސް ނިންމާލުމުން މެންބަރުން މިއަދު މަޖިލީހުގެ ތަޅުމުގައި އިޙުތިޖާޖު ކޮށްފިއެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ބެލެހެއްޓެވި މަޖިލީހުގެ ރިޔާސަތުން މިއަދު މަޖިލީސް ނިންމަވާލައްވާފައިވަނީ މަޖިލީހުގެ ގަވައިދުގެ 53 ވަނަ މާއްދާގެ (ހ) ގެ ފަސްވަނަ ނަންބަރުގައި ބުނާ ކޯރަމް ރަނގަބީލުވެސް ޖެއްސެވުމެއް ނެތިއެވެ. އެހެންކަމުން ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވާފައި ވެއެވެ.
ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޓެކްސް ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މަޖިލީހުގެ ކޯރަމް ހަމަނުވާ ކަމަށެވެ. އެހެންކަމުން އަފީފް ވަނީ މިއަދު ޖަލްސާ ނިންމާލެއްވިކަން އިއުލާން ކުރަށްވާފައެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމް ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހޭނީ ޖަލްސާގައި މަޖިލިސް މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ތިއްބަވައިގެންނެވެ. އެއީ 58 މެންބަރުންނެވެ. ނަމަވެސް އެވަގުތު ތަޅުމުގައި ތިއްބެވި މެމްބަރުންގެ އަދަދު އަފީފް ވިދާޅުވެފައެއް ނުވެއެވެ.
ޓެކްސް ބޮޑުކުރާ ބިލަށް މަޖިލީހުގައި މިއަދު ވޯޓަށް އަހާފައިނުވާއިރު އެބިލާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ދިޔައީ މަޖިލީސްކުރާގޭ ދޮށުގައި މުޒާހަރާވެސް ކުރަމުންނެވެ.
މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައި އޮތީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށެވެ. ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ރޭޓުތައް ބޮޑުކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި އެވެ.

ކިޔުންތެރިންގެ ހިޔާލު