ރިޒާވް އިތުރުވާން އެދިވަޑައިނުގަންނަވަނީ ޓެކްސް ރޭޓަށް ގެނައި ބަދަލާ ދެކޮޅު ބޭފުޅުންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ރިޕޯޓަށް ބަހުސް ކުރަށްވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ވާހަކައާއި ބޭރު ފައިސާ ނެތް ވާހަކަ ދެއްކިދާނެ ކަމަށެެވެ. ނަމަވެސް ސަރުކާރުން ޓެކްސް ރޭޓުތަކަށް ބަދަލު ގެނައުމަށް ހުށައެޅީ އެކަމުން ދިމާވެދާނެ ގޮންޖެހުން ތަކުން އަރައިގަތުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ބަހުސްގައި ޝަރީފް ވަނީ ބަޖެޓް ބަހުސް ފަށްޓަވަމުން ރައީސް ނަޝީދު ރާއްޖޭގެ ރިޒާވް މަދުވަމުން ދާކަމަށް ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ރިޒާވް އިތުރުވާން އެދިވަޑައިނުގަންނަވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީގެ ރޭޓަށް ގެނައި ބަދަލާ ދެކޮޅު ބޭފުޅުން ކަމަށެވެ.
“ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އަހަރު ވަރަށް ބޮޑުތަނުން ރިޒާވް އިތުރުވެގެން ދާނެ.” ޝަރީފު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް މިހާރުވަނީ ފާސްކޮށްފައެވެ.
ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓް ދިނުމަށް ހަމަޖެހިފައިވާއިރު ބަޖެޓް ފާސްކުރުމަށް މިމަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު