އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ
އައްޑޫސިޓީގައި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް، ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށާއި، އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ހުށަހަޅަންވާނެ ކަމަށް އަންގަވާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ، މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް އެއަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީ ޖެހޭ ގޮތަށް ހަމަޖައްސަވާފައެވެ. އަދި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުންވެސް ސިޓީ ކައުންސިލުން ވަނީ މަނާކުރަށްވާފައެވެ.

މީގެ އިތުރުން، ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސަރުކާރުން މިހާރު ގެންދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބަންގަލަދޭޝްގެ 2498 މީހަކު ޤައުމަށް ފޮނުވާލާފައިވާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން