ސަޕްލިމެންޓްރީ ބަޖެޓާއެކު އަންނަ އަހަރަށް 42.8 ބިިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ސަޕްލިމެންޓްރީ ބަޖެޓާއެކު ފާސްކުރަން 61 މެންބަރުން ވޯޓުދެއްވާފައި ވާއިރު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓުދެއްވިއެވެ.
ވޯޓަށް އެހުމުގެ މަރުހަލާގައި އިދިކޮޅު ކޯލިޝަން ތަމްސީލްކުރައްވާ މެންބަރުން ބަޖެޓް ރިޕޯޓަށް 13 އިސްލާހެއް ހުށަހެޅުއްވި އިރު، ސަރުކާރު ހިންގާ އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތިން އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ އިސްލާހުތައް ވަނީ ބޭރުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު