ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ މަސައްކަތަކީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެކުންފުންޏާއި ޙަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
79.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަރ ޖެހުމާއި، 360 މީޓަރ ސޭންޑްފިލް ބްރޭކް ވޯޓަރ ޖެހުމާއި، 10 މީޓަރ ސަމްބާޖް ބްރޭކް ވޯޓަރ ޖެހުމާއި، 93 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރ ގްރޮއިން ޖެހުމާއި، 311 މީޓަރ އެއްގަމު ތޮށި އަދި ސްކޯރިންގ އެޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު މި މަޝްރޫއުގެ ދަށުން 3 ކޮންކްރީޓް ބްރިޖް ހެދުމާއި، 10 މޫރިންގ ބޮއި ހަރުކުރުމާއި، 121 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 42 މަގު ބައްތި ހަރުކުރުމާއި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހަދާނެކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއެވެ.

ކިޔުންތެރިންގެ ހިޔާލު