މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އަވަށްޓެރި ފުލުހުންގެ ފަލްސަފާ މުހިންމު ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމާ ގުޅިގެން އިމްރާން ވިދާޅުވީ, ރާއްޖޭގައި އާންމުކޮށް ކުރާ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އިމްރާން ވިދާޅުވީ ކޮމިއުނިޓީ ޕޮލިސިންގެ އުސޫލުތަކާ އެއްގޮތަށް ފުލުހުން ތަމްރީނުކުރުމަށް މިއަދު ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
"ރާއްޖޭގައި އާންމުކޮށް ހިންްގާ ކުށްތައް ވަކީން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްގެން،" އިމްރާން ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މިޚިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުންކަމަށެވެ.
އަދިކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ, އެނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މިނިޒާމްގެ ބޭނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު