ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ، އިސް މެޖިސްޓްރޭޓްގެ މަގާމަށް ޤާޟީ ނިހާމް ރަޝީދު އައްޔަން ކުރައްވައިފިއެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް ޝައުގުވެރިވާ ގާޟީންނަށް އެކޯޓަށް ބަދަލުވުމުގެ ފުރުޞަތު ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލީ މިދިޔަ މަހުއެވެ.
ޖޭއެސްސީން ބުނީ އެ ފުރުޞަތުގައި އެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާޟީ ނިހާމް ރަޝީދު އެކަނި ކަމަށެވެ. އޭނާ މިހާތަނަށް ހުންނެވީ ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.
ޖޭއެސްސީން ބުނީ މި ބަދަލު ގެނެސްފައިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންގެންދާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންތައްތަކަށް ބެލުމަށްފަހުކަމަށެވެ. އަދި އިއްޔެއިން ފެށިގެން ތިނަދޫ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ނިހާމް ހަމަޖައްސާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު