އަބްދުﷲ ޖާބިރު (ފޮޓޯ: ސޯޝަލް މީޑިއާ)
އަބްދުﷲ ޖާބިރު (ފޮޓޯ: ސޯޝަލް މީޑިއާ)
ދަޢުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ އުވާލުމަށާއި، ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލަތަކެއް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުން ފޫބައްދަން އަދި ގެއްލުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސަރުކާރުން ކުރަންޖެހިފައިވާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އަޅަން ޖެހިފައިވާކަމަށް ޖާބިރުގެ ޤަރާރުގައި ވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ (ޤާނޫނު އަސާސީގެ ޖަދުވަލު 2 ގައިވާ) އެންމެހާ އިދާރާ ތައް ވަގުތުން ވަގުތައް އުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބު އިޞްލާޙު ކުރުމަށް ޖާބިރުވަނީ ގޮވާލާފައެވެ.

އަދި ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތައް ވަގުތުން ވަގުތަށް އުވާލައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރާކަމަށްވެސް ޖާބިރުގެ މިޤަރާރުގައި ވެއެވެ.

އޭގެ އިތުރުން ޖާބިރު ހުށައަޅާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރި ގިނަ ޒުވާނުންތަކެއްގެ ވަޒީފާ ގެއްލިފައިވާތީ، ސަރުކާރުން އެ ފަރާތްތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

އެގޮތުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީ އެއް ލިބެން ފެށުމާ ހަމައަށް އެ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ވަގުތުން ގާއިމް ކޮށްދިނުމަށާއި، އެކަމަށްޓަކައި ބިއުރޯއެއް އުފައްދާ ރާއްޖޭގެ ރައްޔިތުންނަށް ކޯވިޑް-19އާ ގުޅިގެން ކުރިމަތި ވެފައިވާ ދަތިތައް ހައްލު ކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށުމަށް ޖާބިރުގެ ޤަރާރުގައި ގޮވާލާފައިވެއެވެ.

ޖާބިރަކީ މިފަދަ މައްސަލަތައް މަޖިލީހަށް ވަރަށް ގިނައިން ހުށައަޅުއްވާ މެމްބަރެކެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތަކުގެ ބަހުސް ފެށުމުގެ ކުރިން އަނބުރާ ގެންދަވާފައިވެސް ވެއެވެ. އެގޮތުން ވަރަށް ފަހުން ޖާބިރު ވަނީ ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށައެޅުއްވުމުގެ އިތުރުން، މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.

ޗެއަރމަން ޖާބިރުގެ ނަމުން މަޝްހޫރު ވެފައިވާ ތަފާތު ސަހުސިއްޔަތެއްގެ ވެރި ޖާބިރު ގިނަ މީހުން ސިފަ ކުރަނީ މާ ބޮޑު ބުރަދަނެއް ނުހުންނަ ތާކުންތާކު ނުޖެހޭ "ހެއްވާ މަޖާ" އާދަޔާ ޚިލާފު ސަހުސިއްޔަތެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


22

ކަޑުކޮސް

23-Jun-2020

24 ގަޑިއިރުން ހަމަހޭވަރިކަންވަނީ ކިތައް ގަޑިއިރުބާ?



ޓްރެންޑިން