ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ކުޑަގިރިއަށް މުވައްޒަފުން ނެގުމަށް ތައްޔާރުވެއްޖެއެވެ.
މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ރަށެކެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑުން ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ އޯޕަން ޑޭއެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް އެ ކުންފުނީގެ ހެޑް އޮފީހުގައި އޯޕަން ޑޭ ކުރިއަށް ދާނެއެވެ.
ކުޑަގިރި އަށް 17 ދާއިރާއަކުން މުވައްޒަފުން ނަގަން ހަމަޖެހިފައިވެއެވެ. އަދި މަގާމުތަކުގެ މުސާރަތައް އުޅެނީ 8،500-23،500 ރުފިޔާ އާ ދެމެދުގައެވެ.
މީގެކުރިން ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

Come, choose a job you love. We are having an OPEN DAY!
— HDC (@hdcmaldives) December 14, 2022
Put on your enthusiastic personality and be a part of the much anticipated Kudagiri team.
Drop by this Saturday the 17th of December 2022, at HDC Head office and make your way into the team. #TeamHDC #Kudagiri pic.twitter.com/JniQgqCjJd
މީގެކުރިން ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ހިޔާލު