މާލޭސިޓީ ކައުންސިލުން މާލެއާއި ވިލިމާލެ ކުނިކަހާނެ މީހުން ހޯދަން އިއުލާނުކޮށްފިއެވެ.
މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދިޔައީ ވެމްކޯއިންނެވެ. ނަމަވެސް ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށް ސިޓީ ކައުންސިލުން މިހާރުވަނީ ނިންމާފައެވެ.
އެގޮތުން ސިޓީ ކައުންސިލުން މިހާރުވަނީ ވިލިމާލެއަށް 28 މީހުންނާއި މާލެއަށް 80 މީހުންނާއެކު ޖުމްލަ 108 މީހުން އެމަސައްތަށް ހޯދަން އިއުލާނުކޮށްފައެވެ.
ކުނިކަހާމީހުންގެ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ ޑިސެމްބަރ 22 ވަނަ ދުވަހުގެ 14:00އަށެވެ. އަދި އެ ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވަ އިންޓަރވިއުތައް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހާއި އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ދެމެދުއެވެ.
ކުނިކަހާ މީހުންނަށް މުސާރައާއި ޢިނާޔަތްތަކާއެކު 9600 ރުފިޔާ ލިބޭނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު