15 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން އިޢުލާނުކޮށްފިއެވެ.
ޖޭއެސްސީން މިއަދުބުނީ މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ކޯޓުތަކަކީ ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓް، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް، ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް، އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް، މ. މުލައް މެޖިސްޓްރޭޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓެވެ.
މި މަޤާމުގެ އަސާސީ މުސާރަ އަކީ މަހަކު 21،000ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސާއި ފޯނު އެލަވަންސްގެ އިތުރުން މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތާ އެއްގޮތަށް ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު