އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ހާމަކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓް ރަފީޢުއްދީނާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށައަޅާފައިވަނީ އަވަސް ނިޔާގެ ޙުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް މައްސަލައިގެ ޙުކުމް ކޮށްފައިނުވާ މައްސަލައެއް ކަމަށެވެ.
އެގޮތުން މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށް ނިންމުމާ ގުޅިގެން އެމައްސަލަ ބެލުމަށް ޖޭއެސްސީންވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ.
އެ ކޮމިޓީ އެކުލަވާލާފައިވަނީ މިޑިސެމްބަރު މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 91 ވަނަ ޖަލސާގައެވެ.

ކިޔުންތެރިންގެ ހިޔާލު