މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު މިމަހުގެ 15 ވަނަ ދުވަހު އިއުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، އިންތިހާބު އޮންނާނެ ތާރީހު ފައިނަލް ކޮށް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭ ތާރީހުގެ 120 ދުވަސް ކުރިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަންޖެހެ އެވެ.

ފުވާދު ވިދާޅުވީ މިހާތަނަށް ކުރެވުނު މަޝްވަރާތަކުން އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަސް، ނުވަތަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަސް ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މާފަންނު އަޑުގައެވެ.

އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓަރ ކުރުމަށްވެސް މިފަހަރު ލުއި ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ފުވާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ މީހަކު ޕްރިންޓްކޮށްފައި އޮތް ވަކިވަކި ފޯމެއް ލީނަމަވެސް މިފަހަރުގެ އިންތިހާބުގައި ފޯނު ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިޚާބު ބޭއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 90 މިލިއަން ރުފިޔާ އެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިޚާބުގެ ދެބުރަށް 120 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން