ގދ. ފިޔޯރީ ސްކޫލުގެ ބާއިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.

މިހާރު ހޯލެއްގެ ގޮތުގައި ބޭނުންކުރާ ފިޔޯރީ ސްކޫލުގެ ބާއިމާރާތުގައި ރޯވެފައިވަނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ތިނަދޫ ފަޔަރ ސްޓޭޝަނުން މިހާރު ދަނީ އެރަށް ދަތުރުކުރުމަށް ތައްޔާރުވަމުން ކަމަށެވެ. އަދި ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ތިނަދޫން ފިޔޯރީއަށް ދިޔުމަށް 45 މިނެޓް ނަގާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ފިޔޯރީ ސްކޫލުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްކުރެވިފައިނުވާ ކަމަށް މަޢުލޫމާތުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން