ނީލަން ފިހާރަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ޙާދިސާގައި ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ނީލަން ފިހާރާއިގައި ރޯވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގައި ދިރިއުޅެމުންދިޔަ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލުގައި ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދުގައި ހުންނަވައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ތަނުގައި އެ ކައުންސިލްގެ 160 އެއްހާ މުވައްޒަފުން ދިރިއުޅޭ ކަމަށެވެ.



އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އަލިފާންގަނޑުގެ 70 އިންސައްތަ ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ. އަދި ދެ ފަޅީގައި ރޯވި އަލިފާންގަނޑު ނިންވާލެވިފައިވާކަމަށާއި، ނަމަވެސް މެދުތެރޭގައި އަދިވެސް ރީޗް ނުވެވޭ ހިސާބުތައް އެބަހުރިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ބްލޮކްގެ ތެރެއިން 1 ބްލޮކް ވަނީ އެއްކޮށް އަނދާފައިކަމަށެވެ. އެ ބްލޮކަށް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ވަދެ ބެލި ބެލުމުން އެއްވެސް މީހަކު އެތަނުން ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން