މިއަދު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔަ 166 ސްޓާފުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއިއެކު އެއޮތޯރިޓީގެ ޓީމެއް ފަތިހު ހަގަޑި ބައިން ފެށިގެން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެގޮތުން އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔަ 166 ސްޓާފުން ވަނީ އިމާދުއްދީން ސްކޫލްގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.



މާލޭ ސިޓީ ކައުންސިލުން ބުނީ ނީލަން ފިހާރައިގައި ރޯވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާފައިވާ ކަމަށެވެ.

ހަމައެއާއެކު އެމްއެންޑީއެފުން ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ބްލޮކްގެ ތެރެއިން 1 ބްލޮކް އެއްކޮށް އަނދާފައިވާ ކަމަށެވެ. އެ ބްލޮކަށް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ވަދެ ބެލި ބެލުމުން އެއްވެސް މީހަކު އެތަނުން ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި އަލިފާންގަނޑު މިހާރުވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން