ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި 800 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުގައި 800 ވޯޓު ފޮށި ބެހެއްޓޭނެކަމަށެވެ. އޭގެ ތެރޭގައި އިޤްތިޞާދީ މަސައްކަތްތައް ހިންގާ ސަރަޙައްދުތައްވެސް ހިމެނޭކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެގައުމެއްގައި ވޯޓުލާން 150 މީހުން ތިބިނަމަ ކަމަށެވެ. އަދި އެެމަސައްކަތްތައް ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރިއަށްދާކަމަށް ފުއާދު ވިދާޅުވިއެވެ.

އޭގެއިތުރުން ރިސޯޓުތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓްރީކޮށްފައިވާނަމަ އެރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި، ޖަލުތަކުގައި 25 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބަހައްޓާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތަކަށް 8000 މީހުން ބޭނުންވާނެ ކަމަށާއި އެމީހުން ތަމްރީނުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން