ހެންވޭރު ސަހަރާ ކޮނެގެން ނަގާފައިވަނީ ސިހުރު ހެދުމަށްފަހު ވަޅުލާފައިވާ ފިލާކޮޅުތަކެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ހެންވޭރު ސަހަރާގެ މަހާނައެއް ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާތީ އެކައުންސިލުން އެކަން ހިނގާފާއިވާގޮތް އޮޅުންފިލުވާފައިވާކަމަށެވެ.
އެގޮތުން ސަހަރާކޮނެގެން ނަގާފައިވަނީ ސިހުރުހަދާފައި ވަޅުލާފައި ހުރިކަމަށް ބެލެވޭ ފިލާކޮޅުތަކެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެތަނުން ނަގަނީ މިނިކަށި ނޫންކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީކައުންސިލުން ބުނީ ސަހަރާ ކޮނުމުގެ މަސައްކަތުގައި އުޅުނު ސިޓީ ކައުންސިލްގެ މުވައްޒަފަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މާލޭގެ ސަހަރާތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ މަސައްކަތެކެވެ. އެ ތަންތަން ހުންނަނީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ.
ހެންވޭރު ސަހަރާތެރެއަށް ތިން މީހަކު ވަދެ މަހާނަތައް ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފަކުވެސް އެތަނުގައި ހުރެއެވެ.
ބައެއް ފަރާތްތަކުން ވަނީ އެތަނުގައި ހުރި މަހާނަތައް ކޮނެ، މިނިކަށިތަކެއް ނަގާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

އެމީހުންގެނައި ފެން ފުޅިއަކުން ފެން އަޅައި އަލުން ފަސްލާތަން. މަހާނައިން ނެގިއެއްޗެހި ކޮތަޅަކަށް ލައިގެން ގެންދަނީ. 2/2 pic.twitter.com/U5QwrmozYt
— Ibrahim Ali (@iburahimali) February 3, 2023
ހެންވޭރު ސަހަރާތެރެއަށް ތިން މީހަކު ވަދެ މަހާނަތައް ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފަކުވެސް އެތަނުގައި ހުރެއެވެ.
ބައެއް ފަރާތްތަކުން ވަނީ އެތަނުގައި ހުރި މަހާނަތައް ކޮނެ، މިނިކަށިތަކެއް ނަގާފައިވާކަމަށް ތުހުމަތުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު