ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ 11:59ގެ ނިޔަލަށް ދިވެހި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މާފަރު އެއާޕޯޓްގެ ޓަރމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ 8 ޑިސެމްބަރު 2022 ގައެވެ. އެ މަޝްރޫއަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.5 ކިލޯމީޓަރަށް އިތުރު ކުރުމާއި، ރަންވޭ ރީސާފޭސް ކުރުމުގެ އިތުރުން އެއާޕޯޓްގެ ދިގުމިން 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މާފަރުގެ އާބާދީގައި 1،257 މީހުން ދިރިއުޅެއެެވެ. އެރަށުގައި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ، ހިދުމަތް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައެވެ.
އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު