ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމާއެކު ހުވަދޫގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. ގެ އިޤްތިޞާދީ ނާރެހުގެ ގޮތުގައި ސިފަކުރަށްވަމުން ސަޢުދު މިއަދު ވިދާޅުވީ އެއަރޕޯޓް ނިމުމުން ފަހިވެގެންދާ އިޤްތިޞާދީ ފުރުސަތުތަކާއެކު ހުވަދޫގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.

އެގޮތުން ހުވަދޫގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވުމާއި ވަޒީފާގެ ބާޒާރު ހުޅުވިގެންދާނީ އެއަރޕޯޓާއެކު ކަމަށް ސަޢުދު ވިދާޅުވިއެވެ.

“ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މި ދާއިރާގައި އަލަށް ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް ބޮޑެތި ފަސޭހަތަކާއި ކުރިއެރުންލިބި ވަޒީފާގެ މާކެޓް ބޮޑުތަނުން އިތުރުވެގެންދާނެ.” ސަޢުދު ވިދާޅުވިއެވެ.



ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު ފަރެސްމާތޮޑާ އެއަރޕޯޓު އަންނަ މާރޗް މަހުގެ 15 ގައި ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން