ދެ ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުށައަޅުއްވާފައިވަނީ ޕްލޭނިން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށާއި ހެލްތު މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ބަދަލުގެންނެވުމަށެވެ.
އެގޮތުން ޕްލޭނިން މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމަށް ރައީސްގެ ސިޓީގައި ހުށައަޅުއްވާފައިވެއެވެ.
އޭގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއަށް އުފައްދައި އެ އިދާރާއަކީ ހެލްތު މިނިސްޓްރީގެ ބައެއްކަމަށް ހަމަޖެއްސެވުމަށް ރައީސްވަނީ ހުށަހަޅުއްވާފައެވެ. އަދި މިނޫނަސް އެވުޒާރާއާ ގުޅުންހުރި ބައެއް ބަދަލުތައް ގެންނެވުމަށް ރައީސް ހުށައެޅުއްވިއެވެ.
ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނެވުމަށް ރައީސް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު