މ. ދިއްގަރުގައި ލޯންޗެއްގެ ބެޓެރިގޮވައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ލޯންޗު ސްޓާޓްކުރަން މަސައްކަތް ކުރަމުން ދަނިކޮށް ލޯންޗުގެ ބެޓެރީ ގޮވައިގެންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބެޓެރި ގޮވުމާއެކު މުޅި ލޯންޗުގައި އަލިފާން ހިފައި ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިއަދު ހެނދުނު ހިނގި މި ޙާދިސާގައި ލޯންޗުގެ ވެރިފަރާތާއި އޭނާގެ ޅިޔަނަކަށްވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ. ބެޓެރި ގޮވި ވަގުތު ދެމީހުންވެސްތިބީ ލޯންޗު ތެރޭގައެވެ.

ޙާދިސާގައި އަނިޔާވީ މީހުންނަށް ދިއްގަރު ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ މާލެ ފޮނުވާލާފައެވެ.

މިކަމާގުޅިގެން ސަލާމަތީ ޚިދުމަތްތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން