އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ މިހާރު ވަނީ ޙަވާލުކޮށްފައެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލު ކުރުމާ ގުޅިގެން، ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ އެމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށެވެ.

“ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.” އަކްރަމް ވިދާޅުވިއެވެ.

އާރުޑީސީން ބުނީ އެގޮތަށް އެކަން ކޮށްފައިވަނީ އެމަސައްކަތް އަވަހަށް މުއްދަތަށް ނިންމުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން މިއަހަރުގެ ފެބްރުވަރީ މަހަށް ނިންމަންއޮތް އަމީނީމަގު ހެދުމުގެ މަސައްކަތް ނިންމުމަށް މިހާރު ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރ 27 އަށް ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

މާލޭގެ އަމީނީ މަގު 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ހަމައެއާއެކު ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން